Last Updated: April 18, 13:36
Thursday, April 18, 2024
ޚަބަރު

ރާއްޖެއިން ކޮވިޑް19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިއަދު މެންދުރު 13:50 އެހާއިރު މިއަދު ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކުރި ފިލިޕީންސްގެ ރައްޔިތަކު މަރުވެފައިވާ ކަމަށެވެ. އެޗްޕީއޭ އިން ބުނީ އެމީހާ އަކީ 43 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އިއްޔެ ވެސް ވަނީ ތިން މީހަކު ހާލު ދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އޭގެތެރެއިން ދެ މީހަކަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައެވެ. ނަމަވެސް އެމީހުންގެ ތަފްސީލެއް ނޭނގެއެވެ.

މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 2337 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1927 އަށް އަރާފައެވެ.