Last Updated: June 9, 14:14
Tuesday, June 9, 2026
ސިޔާސީ

އަލްހާން ޕޮލިހަށް ހާޒިރު ކުރަނީ

އަލްހާން އެމްޑީޕީގެ އެއްވުމެއްގައި ވާހަކަ ދައްކަވަނީ. ފޮޓޯ/ ހަވީރު

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ސ. ފޭދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލްޙާން ފަޙުމީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަޙުގީގަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

މިއަދު ކެމްޕެއިން ދަތުރެއްގައި ފުރާވަޑައިގަންނަވަން އުޅުއްވަނިކޮށް ފުލުހުން އަލްޙާނަށް ޗިޓު ފޮނުވުމުން އަލްހާނު ވިދާޅުވީ އެމްޑީޕީގެ މި ކެމްޕެއިން ބާރަށް ހިނގާ ހިނގާ އޮއްވާ މިފަދަ އެންގުންތައް އަންގާ އެ ބޭފުޅާ ހިފެހެއްޓުން އެއީ ސިޔާސީ މަގުސަދައްޓަކައި ކުރިކަމެއް ކަމަށެވެ.

އަދި މި ފަދަ އަމަލުތަކަކީ މި ޕާޓީގެ ކެމްޕެއިން ގައި އިސްކޮށް ހަރަކާތްތެރިވާ ބޭބޭފުޅުންނަށް ބިރު ދެއްކުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށާއި މި ރާއްޖޭގެ ވެރިކަން ބަދަލުކޮށްލާފައި ވަނީ މިހާރު ފުލުހުންގެ ކޮމިޝަަނަރަކަށް ހުންނެވި އަބްދުﷲ ރިޔާޒު އިސްވެ ހުންނަވައިގެން ހިންގެވި ބަޣާވާތަކުންކަމާއި އެމްޑީޕީގެ ކެމްޕެއިން މި ދާ ސްޕީޑް އެއީ ހަޖަމު ނުކުރެވޭ ކަމަކަށް ވުމުން މި ޕާޓީ ގެ މެމްބަރުންނާއި ކެމްޕެއިންގެ އިސް ހަރަކާތް ތެރިންނަށް ބިރު ދައްކާ ކެމްޕެއިން އަށް ހުރަސް އެޅުމުގެ މަގްސަދުގައި ކުރާ ކަމެއް ކަމުގަ އެވެ.

އަދި އެމްޑީޕިއަށް ތާޢީދު ކުރާ ފަރާތްތައް އިތުރުވެ ކެމްޕެއިންގެ ހަރަކާތްތައް މުޅި ރާއްޖޭގައި ބާރު ސްޕީޑުގައި ކުރިޔަށް ދާތީ އެކަމާ މާޔޫސްވެ ގޮތް ހުސްވެގެން ހަސަދަ އާއި ހަތުރުވެރިކަމުގެ ދުއްތުރާ ކުރުން ނޫން ގޮތެއް ނެތުމުން ހިންގާ އަމަލުތަކެއް ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.

އަދި މިއީ މިހާރުގެ ބާޣީ ވެރިކަން ދެމެހެއްޓެވުމަށްޓަކާ ލާއިންސާނީ އަދި އަގަލު ކުޑަ އަނިޔާކުރެއްވުމުގެ ޢަމަލުތައް އެތައް ރައްޔިތުންނަކާ ދެކޮޅަށް ހިންގަވަމުން، ފުލުސް އޮފީހަށް ގެންދިއުން އެއީ އިންޒާރުތައް ކަމުގައި ހައްދަވައިގެން، އެމްޑީޕީ އަށް އިތުރުވަމުންމިދާ ތާއީދާ އެކު ރިޔާސީ އިންތިޚާބު އިރާދަފުޅާއެކު އެމްޑީޕީ އެއްބުރުން ކާމިޔާބުކުރާ ތަން އެބޭފުޅުންނަށް ފެންނާތީ ކުރައްވާ ކަންތައްތައް ކަމަށް ވެސް އަލްހާނު ވިދާޅުވި އެވެ.