Last Updated: April 26, 18:07
Friday, April 26, 2024
ކުޅިވަރު

މެސީގެ 700 ވަނަ ގޯލުން ވެސް ބާސާއަށް މޮޅުނުވެވުނު

ސްޕެނިޝް ލީގު ހޯދުމަށް ބާސާ ކުރަމުން އަންނަ މަސައްކަތަށް އަނެއްކާވެސް ގޮންޖެހުން ކުރިމަތިލާން ޖެހިއްޖެއެވެ.

ރޭ ލީގުގައި އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ ރެއާލްއަށް ވުރެ ކުރިއަށް ދިއުމަށް ލިބުނު ފުރުސަތު ވަނީ ނަގާލާފައެވެ. މެޗު ނިމިގެން ދިޔައީ 2-2 އިން އެއްވަރުވެގެންނެވެ.

ފުރަތަމަ ލަނޑު ޑިއެގޯ ކޯސްޓާ އަތުން ބައިކޮޅަށް ވަދެގެން ދިޔައިރު އެތްލެޓީކޯ އިން އެއްވަރުކުރީ ސައުލްގެ ޕެނަލްޓީއަކުންނެވެ. ސައުލްގެ ދެވަނަ ގޯލަކީ ވެސް ޕެނަލްޓީ އިން ޖަހާފަައިވާ ގޯލެކެވެ.

މިގޯލު ވަނުމުގެ ކުރިން މެސީ ވަނީ ޕެނަލްޓީއެއް ކާމިޔާބުކޮށް ލީޑު ނަގާދީފައެވެ. އެތްލެޓިކޯ އިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކުރި ފަހުން ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ނަތީޖާއަށް އިތުރު ބަދަލެއް ގެނެވިފައެއް ނުވެއެވެ.

ބާސާއަށް މިރޭ ވެސް ޕޮއިންޓު ވެއްޓުމުން ރެއާލްއާ ދެމެދު އެއް ޕޮއިންޓުގެ ފަރަގެއް އެބަ އޮތެވެ. ނަމަވެސް ރެއާލް އަދި މިހަފްތާގައި އެއް މެޗު ކުޅެ، ލީޑު ފުޅާ ކުރުމަށް ފުރުސަތެއް އޮންނާނެއެވެ.