Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ދަތުރު ކުރަމުންދިޔަ ލޯންޗެއްގައި އަލިފާން ރޯވެއްޖެ

މީގެކުރިން ލޯންޗެއްގައި ރޯވެފައި --

މާލިފުށި ރިސޯޓުން މާލެ އަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއްގައި އަލިފާން ރޯވެއްޖެއެވެ. 

ފުލުހުން މިއަދު ބުނީ "މާލިފުށީ 2" ނަމަކަށް ކިޔާ ލޯންޗެއް ރިސޯޓުން ފުރައިގެން މާލެ ދިއުމުގެ މަގުމަތީގައި ތ.ގުރައިދޫ އަށް ޖައްސަން ދަނިކޮށް އެރަށު ބޭރުން އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. 

ޖުމްލަ 6 މީހަކު އެ ލޯންޗުން ދަތުރުކޮށްފައިވާއިރު އޭގެތެރެއިން ދެ މީހަކު ފިހިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ އެ ދެ މީހުންނަށް މާލިފުށީ ރިސޯޓުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. 

ލޯންޗުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި ވަނީ ފުލުހުންނާއި މާލިފުށި ރިސޯޓުގެ މުވައްޒަފުން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.