Last Updated: April 18, 18:36
Thursday, April 18, 2024
ޚަބަރު

މެންބަރުންތަކެއްގެ ގެ ބަލާ ފާސްކުރަން ފުލުހުން އެބައުޅޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ގެތަކެއް ރެއިޑް ކުރުމަށް ފުލުހުން އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޗީދު ވިދާޅުވީ މި ދުވަސްވަރަކީ ރައްޔިތުންގެ މަޖިލީހުގެ ދިވެހި ފުލުހުންގެ ހިދުމަތުގެ އާ ބިލުގެ މަސައްކަތް މެންބަރުން ކުރައްވަމުން ގެންދަވާ ދުވަސްވަރު ކަމަށެވެ. އަދި މި ދަނޑިވަޅުގައި މެންބަރުންނަށް އަމާޒުކޮށް ކަންތައްތަކެއް ކުރުމަށް ފުލުހުން އުޅޭ ކަމުގެ މައުލޫމާތު އެމަނިކުފާނަށް ލިބިަވޑައިގެންފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އަލަށް އެކުލަވާފައިވާ ފުލުހުންގެ ބިލުގެ ސަބަބުން އެ މުއައްސަސާ އަށް ގިނަ އިސްލާހުތަކެއް އަންނާނެ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާތީ ނުރުހުންވެ މެންބަރުންނަށް އަމާޒުކޮށް ވަކި ކަމެއް ނުކުރެއްވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑު މި ދެންނެވި ގޮތަށް މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ގެކޮޅަށް ވިޔަސް، ސައިކަލަކަށް ވިޔަސް، އެހެން ރައްޔިތަކަށް ޝައުގުވެރިކަން ނުދޭ މިންވަރަށް، ފުލުހުންގެ އުސޫލުތަކާ ހިލާފަށް މެންބަރުން ހުއްޓުވައި ބަލައިފާސްކޮށް ގެކޮޅަށް ގޮސް ބަލައި ފާސް ކުރުމުގެ ކަންކަން ނުކުރަން ފުލުހަށް އެދެން،" ނަޝީދު ވިދާޅުވިއެވެ.