Last Updated: April 26, 10:28
Friday, April 26, 2024
ޚަބަރު

ޖޫން މަހުގެ ކަރަންޓު ބިލުން ވެސް 40 ޕަސެންޓް ޑިސްކައުންޓް

ކަރަންޓުގެ ހިދުމަތް ދެމުން ގެންދާ އެންމެ ބޮޑު ކުންފުނި ސްޓެލްކޯ-:

ޖޫން މަހުގެ ކަރަންޓު ބިލުން ވެސް 40 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ސްޓެލްކޯ އިން ނިންމައިފިއެވެ.

ސްޓެލްކޯ އިން މިހެން ނިންމާފައިވަނީ މިދިޔަ މަހުގެ ކަރަންޓު ބިލު ބޮޑުތަނުން ބޮޑުވެފައިވާތީ އާންމުން ޝަކުވާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން މިކަމާ ގުޅިގެން ސޯޝަލް މީޑިޔާގައި އާންމުންގެ ކަންބޮޑުވުން ވަނީ ސްޓެލްކޯ އަށް ބަންޑުންކޮށްލާފައެވެ.

އެކަމާ ގުޅިގެން ސްޓެލްކޯ އިން ބުނީ ކުރީ ދެމަހުގެ ބިލްތަކާއި އަޅައި ބަލާއިރު މިދިޔަ މަހު ބޮޑުތަފާތެއް ބިލުން ފެންނަނީ ކޮވިޑް ޑިސްކައުންޓް ކަނޑައިލުމުން ކަމަށެވެ.

މިއަަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯ އިން ބުނީ ޖޫން މަހުގެ ކަރަންޓް ބިލަށްވެސް 40 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އަދި މާޗު، އޭޕްރީލް، މެއި، ޖޫންގެ ކަރަންޓު ބިލު އިންސްޓޯލްމަންޓަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު އާންމުންނާއި ވިޔަފާރިވެރިންނަށް ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ސްޓެލްކޯ އިން މި ނިންމުންް ނިންމާފައިވާއިރު، "ކަރަންޓުން ވެސް ވައްކަން" ނަމުގައި އިދިކޮޅު ފަރާތްތަކުން މިރޭ އެއްވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.