Last Updated: July 22, 14:09
Wednesday, July 22, 2026
ޚަބަރު

އައިޖީއެމްއެޗުގެ ތިން ނަރުހަކާއި ދެ ހާލުބޮޑު ބަލިމީހުން ޕޮސިޓިވް

އައިޖީއެމްޗު ހޮސްޕިޓަލް، ފޮޓޯ: ޕީއެސްްއެމް

އައިޖީއެމްއެޗްގެ ތިން ނަރުހަކާއި، އައިސީޔޫގައި އޮތް ހާލުބޮޑު ދެ ބަލި މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެއެވެ.

ޕޮސިޓިވްވި ތިން ނަރުހުންނަކީ ވެސް އައިސީޔޫގައި މަސައްކަތް ކުރަމުން އައި ނަރުހުންތަކެއް ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ބައެއް މީޑިޔާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ތިން ނަރުހުންނަކީ ރޭ، ކެންސަރު ބަލީގައި މަރުވި އިންޑޮނީޝިޔާ މީހާއާ ކޮންޓެކްޓުވި ނަރުހުންތަކެކެވެ.

ރޭ މިނިސްޓްރީން، އިންޑޮނީޝިޔާ މީހާ މަރުވީ ކޯވިޑް ޖެހިގެން ކަމަށް މައުލޫމާތު ދިން ނަމަވެސް، ފަހުން ވަނީ އެމީހާ މަރުވީ ކެންސަރު ބަލީގައި ކަން ހާމަކޮށްފައެވެ.