Last Updated: April 20, 08:59
Saturday, April 20, 2024
ޚަބަރު

ބޮޑު ހުވަފެނެއް! ދިވެހި ލީގު މުޅި ރާއްޖެއަށް ހުޅުވާލަނީ!

photo: one online

ކުރިއަށް އޮތް ތިން އަހަރު ތެރޭ ދިވެހި ލީގު މުޅި ރާއްޖެއަށް ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމްގެ ރައީސް ކަމަށް އިތުރު ދައުރަކަށް އިންތިޚާބުވި ބައްސާމް އާދިލް ޖަމީލް ވިދާޅުވެއްޖެއެވެ.

ހޯމް އެންޑް އެވޭ އުސޫލުން މުޅި ދުނިޔޭގައި ކުޅޭ ލީގު އުސޫލަށް ދިވެހި ރާއްޖެ ވެސް ފައްތައި ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ލީގު ހުޅުވާލަން ނިންމާފައިވާ ކަމަށް ބައްސާމް، އިންތިޚާބު ވުމަށް ފަހު މީޑިޔާ އާ ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

އަދި މިގޮތަށް ލީގު ބައްޓަން ކުރުމަށް ފަހު ކަންކަން ބެލެހެއްޓުމަށް ޚާއްސަ ބޮޑީއެއް އުފައްދާނެ ކަމަށާއި ލީގު ކުޅުމަށް އަތޮޅު ތެރޭގައި، ކުރިއަށް އޮތް ދެ އަހަރު އާ ދަނޑުތައް ވެސް އެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިދަނޑުތަކަކީ ރޭގަނޑު ވެސް ކުޅެވޭނެ ދަނޑުތަކެއްގެ ގޮތުގައި ހަދާނެ ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ.

އަތޮޅު ތެރޭގައި އިތުރު 14 ދަނޑު އެޅުމަށް ބޭނުންވާ ސާމާނު އަންނަ މަސް ނިމެން ވާއިރަށް ކޮރެއާއިން ލިބޭނެ ކަމަށާއި މަސް ދުވަސް ތެރޭ ކޮންމެ ދަނޑެއް ވެސް އަޅައި ނިންމުމަކީ އަމާޒު ކަމަށް ބައްސާމް ގެ ވާހަކާގައި ފާހަގަކުރިއެވެ.

އަދި 24-2023 ވަނަ ސީޒަން ފަށާނީ ހޯމް އެވޭ އުސޫލުން ކަމަށާއި މުޅި ރާއްޖޭގައި ދިވެހި ލީގު ކުޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.