Last Updated: April 23, 13:19
Tuesday, April 23, 2024
ޚަބަރު

ފާޑުކިޔުންތައް އަމާޒުވުމުން ފެނަކައިން ވެސް ޑިސްކައުންޓު ދޭން ނިންމައިފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ސައީދު މުހައްމަދު، ފޮޓޯ: ރާއްޖެއެމްވީ

ކޮވިޑް19 ގެ ސަބަބުން އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވުމުން އަސާސީ ބައެއް ހިދުމަތްތަކުން ރައްޔިތުންނަށް ލުއިތައް ދިނުމަށް ސަރުކާރު ބައެއް ކުންފުނިތަކުން ނިންމުމުންވެސް ފެނަކައިން ރައްޔިތުންނަށް ދޭ ހިދުމަތްތަކުން ލުއިތަކެއް ނުދޭތީ ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އެ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުން ޑިސްކައުންޓު ދިނުމަށް ނިންމައިފިއެވެ.

ފެނަކަ އަކީ ރާއްޖޭގެ ގިނަ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. ފެނަކައިން މިއަދު ކުރި ޓްވީޓެއް ބުނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ވެސް މިދިޔަ މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓުގެ ސަބްސިޑީއެއް ދޭން ސަރުކާރުން ނިންމައިފައިވާ ކަމަށެވެ.

ފެނަކައިން މިފަދައިން ނިންމާފައި މިވަނީ ޖޫންމަހުގެ ބިލްތަކަށް ވެސް 40 ޕަސެންޓް ސަބްސިޑީ ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައި ވަނިކޮށެވެ. ޖޫން މަހުގެ ބިލްތަކަށް 40 ޕަސެންޓް ސަބްސިޑީ ދިނުމުގެ އިތުރުން، ބިލް ދައްކަން ދަތިވާ ފަރާތްތަކަށް ލުއިގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އެގޮތުން ނުދެއްކި ހުރި ބިލްތައް އެކި މަސްތަކަށް ބަހާލައިގެން ދެއްކުމުގެ އިންތިޒާމެއް މިހާރު ވަނީ ހަމަޖައްސައިފައެވެ.