Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ޝެއިހް އިލްޔާސް ސިޔާސީ ކަންކަމާ ނުބެހުމަށް މެންބަރު ނިހާދު އިލްތިމާސްކޮށްފި

ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު - ފޮޓޯ: މަޖިލިސް

މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސައިން ސިޔާސީ ކަންކަމާއި ނުބެހުމަށް ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އިލްތިމާސް ކުރައްވައިފިއެވެ.

އިލްޔާސް މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހައްދުފަހަނައަޅާފައިވާ ކަމަށާއި އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ. ތިން ބާރު ވަކިކޮށްފައިވާ ނިޒާމެއް އެކުލަލަވާލާފައިވާ އިރު، ކޮންމެ ބާރަކަށް ވެސް އިންތަކަކާއި މިންތަކެއް ކަނޑައެޅިފައިވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ. އެ މިންތައް ކަނޑައަޅާ، ބަޔާންކޮށްފައި ވަނިކޮށް މަޖިލީހުން ޖިނާއީ ތަހުގީގުތައް ހިންގަމުންދާ ކަމަށާއި ސަރުކާރުގެ ވުޒާރާތައް ހިންގުމުގައި މަޖިލީހުން އަމުރު ކުރާ ހިސާބަށް ކަންކަން ދިއުމުން މަޖިލިސް ހައްދުފަހަނަ އަޅާފައިވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް އަށް ރައްދު ދެއްވާ މެންބަރު ނިހާދު ކުރެއްވި ޓްވީޓެއްގައި ވަނީ "ހޮޅި" ވާހަކަ ނުދެއްކުމަށް އިލްޔާސް ކިބައިން އެދިވަޑައިގެންފައެވެ. އަދި ސިޔާސީ ކަންކަމާއި ނުބެހުމަށް އޭނާ އިލްޔާސްގެ ކިބައިން އިލްތިމާސް ކުރެއްވިއެވެ. މީގެއިތުރުން ނިހާދު ވަނީ ސިޔާސީ ކަންކަމާިއ ނުބެހި ދީނީ ކަންކަމައިގެން ކުރިޔަށް ދިއުމަށް އެދިވަޑައިގެންފައެވެ.

ށހ

ހުޅުމާލެ ފަޅުގައި އަޅާފައިވާ އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބަލަމުން އަންނާތީ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. މީގެއިތުރުން މިދިޔަ ބުރާސްފަތި ދުވަހު ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންތަކަކަށް މުސާރަ ނުދޭތާ އެތައް މަހެއް ވުމުން އިހުތިޖާޖުކޮށް ދިވެހިންތަކެއް ރަހީނު ކުރި މައްސަލަވެސް މަޖިލީހުން ބެލުމަށް ވަނީ ނިންމާފައެވެ.