Last Updated: May 11, 20:11
Sunday, May 11, 2025
ޚަބަރު

10 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

ރޭޕް އާއި ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން: ފޮޓޯ / މިހާރު

ދިހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ ނޯތް ސެންޓްރަލް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ދޮންބައްޕަ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ ބުދަ ދުވަހު ކަމަށެވެ. އެ މައްސަލަ 57 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ހައްޔަރުކުރި މީހާ އަކީ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހެއް ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް މިއަދު ޖަހައިދީފައިވާ ކަމަށެވެ.