Last Updated: June 9, 13:18
Tuesday, June 9, 2026
ޚަބަރު

މީހަކު މިސްކިތްތަކަށް ބޮޑުކަމުދާ މައްސަލަ ބޮޑުވެއްޖެ!

.

ސ. ފޭދޫ ފިރިހެނަކު އެ ރަށު މިސްކިތްތަަކަށް ބޮޑު ކަމުދާ މައްސަލަ ބޮޑުވެއްޖެ އެވެ.

އޭނާ ތަކުރާރުކޮށް މިސްކިތުގެ އެކި ތަންތަނަށް ބޮޑުކަމުދާތީ މި މައްސަލަ މިސްކިތްތަކުގެ މުދިމުންގެ އިތުރަށް، އެ މިސްކިތްތަކަށް ނަމާދަށް ދާ ބައެއް މީހުން ވަނީ ފޭދޫގައި ހުންނަ ކައުންސިލްގެ ޑިޕާޓްމަންޓަށް ވެސް ރިޕޯޓްކޮށްފަ އެވެ.

އެހެންވެ މިކަން ނުކުރުން އެ ޑިޕާޓްމަންޓުގެ ވެރިން ވަނީ މިސްކިތްތަކަށް ބޮޑުކަމުދާ މީހާ އަށް ނަސޭހަތްތެރިވެފަ އެވެ.

އޭނާ އާންމުކޮށް ބޮޑުކަމުދަނީ ފޭދޫ މަސްޖިދުލް އައްވާބީންއަށާއި ފޭދޫ ސިއްހީ މަރުކަޒު ކުރިމަތީގައި ހުންނަ މަސްޖިދުލް ހުދާއަށެވެ.

އެ މިސްކިތްތަކަށް ދާ މީހން ބުނީ އޭނާ މިސްކިތުގެ ތެރޭގައި ހުންނަ ވަޅު ކައިރިއަށާއި މިސްކިތުގެ ބޭރުގެ ތަޅުންގަނޑު މައްޗަށް ވެސް ބޮޑުކަމުދާ ކަމަށެވެ. އަދި އޭނާ އެކަން ކުރަނީ އާންމުކޮށް ނަމާދު ވަގުތު ޖެހުމުގެ ބައި ގަޑިއެއްހާ އިރު ކުރިން މިސްކިތަށް ގޮސް ކަމަށް ވެސް އެ މިސްކިތްތަކުން ބުންޏެވެ.

އެހެން ނަމަވެސް މިކަން ނުކުރުން މިސްކިތުގެ މުދިމުން އެދުމުން، ބޮޑުކަމުދާ މީހާ ޒުވާބުކޮށް ހަދާ ކަމަށް ވެސް އެ މީހުން ބުންޏެވެ.

އަދި އެގޮތަށް އަމަލު ކުރަނީ ފާހާނާ ތަޅުލާފައި ހުންނާތީ ކަމަށް ބޮޑުކަމުދާ މީހާ ބުނެފައިވާ ކަމަށް ބައެެެއްް މީހުން ބުންޏެވެ. އެހެން ނަމަވެސް މިކަން އެ ދެ މިސްކިތަށް ނަމާދަށް ދާ މީހުންނަށް ވަނީ ވަރަށް ބޮޑު އުނދަގުލަކަށްވެފަ އެވެ.