Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ހިޔާ ފްލެޓުތަކާ ގުޅޭ ކުއްލި މައްސަލައެއް ވައްދައިފި

ހިޔާ ފްލެޓުތައް ދިނުން ލަސްވާތީ އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ވަނީ މަޖިލީހުގެ ޖަލްސާތަކުގައި އަލުން ބައިވެރިވާން ނިންމާފައެވެ. އެގޮތުން މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން ބައިވެރިވެ ކުއްލި މައްސަލަ ހުށައަޅާފއިވަނީ ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމްއެވެ.

ޝިޔާމްގެ ކަންބޮޑުވުންތައް ހުރީ ކުރީގެ ސަރުކާރުން އެޅި ފްލެޓުތައް ހަވާލުކުރަން ވީ ވަގުތު ޖެހުމުން ވެސް، މިސަރުކާރުން ފްލެޓްތައް ހަވާލުނުކޮށް ލަސްކުރަމުން ދާތީއެވެ.

މިފްލެޓްތަކާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ފްލެޓުތަކަކީ ބޭރުން ބަލާލަން ރީތި ނަމަވެސް ރީތި ދިރިއުޅުމެއް އުޅެވޭނެ ފްލެޓުތަކެއް ނޫން ކަމަށެވެ.

މިހާރު ފްލެޓުތަކަށް ވަންނަން ބޭނުން ފަރާތްތަކުން ދޮރު އެރުވުމާއި މުށި ޖަހަން ޖެހޭނީ އަމިއްލައަށް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ނަމަވެސް ކުރީގެ ހައުސިން މިނިސްޓަރ މުއިއްޒު ވިދާޅުވީ، ކުރީ ސަރުކާރުގައި ފްލެޓުތައް ނިންމުމަށް ލޯނު ހަމަޖެހިފައިވާނެ ކަމަށެވެ.