Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

ހިޔާ ފްލެޓުތަކުގެ އަގު 7000އަށްވުރެ ކުޑަ ވާނެ: އަސްލަމް

މިނިސްޓަރު މުހައްމަދު އަސްލަމް - ފޮޓޯ: މަޖިލިސް

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮސްފައިވާ ފްލެޓުތަކުގެ ކުލި 7000 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ކަމަށް މިނިސްޓަރު އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރިން ބުނެފައި ވަނީ ފްލެޓްތަކުގެ މަހު ކުލި 11،000ރ. އަށް އަރާ ކަމަށެވެ. ނަމަވެސް އެއީ ސޯޝަލް ހައުސިންއަށް ބަލާއިރު ބޮޑު އަދަދަކަށް ވާތީ، ފްލެޓްތަކުގެ ކުލި 7،500ރ. އަށް ވުރެން ބޮޑުނުވާނެ ގޮތެއް ހޯދަން މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިނިސްޓަރު އަސްލަމް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ ސަރުކާރުން ވައުދުވެފައިވާ ގޮތަށް ފްލެޓުތަކުގެ ކުލި ހިފަހައްޓާނެ ކަމަށެވެ. އެގޮތުން ފްލެޓުތަކުގެ މަހު ކުލި 7000 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“ހިޔާ މަޝްރޫއަށް ސަރުކާރުން ވައުދުވެފައިވާ މިންވަރުގެ ތެރޭގައި ސަރުކާރުން ހިފަހައްޓާނެދެ. އެ މިންވަރަކީ އަޅުގަނޑު ހަނދާނެއް ނެތް، 7،000 ރުފިޔާއަށް ވުރެ ތިރިން ހިފަހައްޓާދާނެ،” މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

ހިޔާ ފްލެޓުތަކުގެ އަގާމެދު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ އަގު ކަނޑައަޅާއިރު، ކަލްކިޔުލޭޓު ކުރަންވާނީ ދައްކާއިރު އަރާ އަދަދު ކަމަށާއި އެހެން ކަމަށް ވަންޏާ ހިޔާ ފްލެޓުތަކުގެ އަގުގެ ގޮތުގައި މަހަކު 11000 ރުފިޔާ އަރާނެ ކަމަށެވެ.