Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ފުލުހުންނަށް ފޯނު ދޭން އިންކާރުކޮށް ހަލާކުކޮށްލި މީހަކު ޖަލަށް

ފުލުހުންގެ ތަހުގީގަށް ހައްޔަރުކުރަން ދިޔަ މީހަކު ފޯނު ނުދީ ހަލާކުކޮށްލުމުން އެއް އަހަރާއި 12 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

ޖަލަށް ލާން ހުކުމް ކޮށްފައިވަނީ 2007 ވަނަ އަހަރު ސަލްޓަން ޕާކްގައި ބޮން ގޮއްވި މައްސަލާގައި ކުރިން ހައްޔަރުކުރުމަށް ފަހު ދޫކޮށްފައި ހުރި އަބްދުއްލަތީފް އިބްރާހިމެވެ.

އޭނާ ހައްޔަރުކުރަން ދިޔައީ، މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބި ހަރުކަށި ފިކުރަށް ތާއީދުކުރާ ބަޔަކު ރާވަމުންދިޔަ ކަމެއްގެ ތަހުގީގަށެވެ. އެނގިފައިވާ ގޮތުގައި ޖަލުގައި ތިބި މީހުން ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން، އެކަމާ ގުޅިގެން އަބްދުއްލަތީފް ހައްޔަރުކުރަން ދިއުމުން އޭނާ ވަނީ ފޯނު ފުލުހުނަށް ނުދީ ހަލާކު ކޮށްލާފައެވެ.

އެމައްސަލާގައި ދެން ދައުލަތުން ދައުވާ އުފުލީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅި ކަމުގެ ދައުވާއެވެ. ގަމު މެޖިސްޓްރޭޓް ކޯޓުގައި ބެލި މިމައްސަލަ ލަތީފާ ދެކޮޅަށް ނިމި އޭނާ ވަނީ އެއް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ފުލުހުން ތުހުމަތުކުރި 10 މީހަކު ގައުމު ދޫކޮށް ފިލައިގެން ދިޔައެވެ. އޭގެތެރެއިން ފެނުނީ ފަސް މީހުންނެވެ. ޚަބަރު ލިބޭ ގޮތުގައި ނުފެނުނު މީހުން ފަހުން ބައިވެރިވިވީ ބޭރުގައި ކުރާ މިފަދަ ހަރުކަށި ފިކުރަށް ނިސްބަތްވާ ޖަމާއަތްތަކުގެ ހަނގުރާމަތަކުގައެވެ.