Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ޖިންސީ ގޯނާކުރި މައްސަލައެއްގައި މާފުށީގައި އިހުތިޖާޖު ކުރަނީ

ކ. މާފުށި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި އިތުބާރު ހުރި މަގާމެއްގައި ހުރި މީހަކު އިހުމާލުވެފައިވާ ކަމަށް ބުނެ ކ. މާފުށީގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ އެ އިހުތިޖާޖުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ އެ ސަރަހައްދު [އިހުތިޖާޖު ކުރާ ސަރަހައްދު]ގެ ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓަމުން ގެންދާ ކަމަށެވެ.

މިކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. ޖިންސީ ގޯނާގެ މައްސަލަތައް މިފަހަކަށް އައިސް ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. އަދި އެކަމާއި ގުޅިގެން އާއްމު ރައްޔިތުން އަންނަނީ އިހުތިޖާޖުވެސް ކުރަމުންނެވެ.

އެގޮތުން މާލޭގައި ފާއިތުވި ހަފްތާގައިވެސް ވަނީ ރޭޕް ކުރުމާއި ދެކޮޅަށް އިހުތިޖާޖު ކޮށްފައެވެ. އަދި އެ އިހުތިޖާޖުގެ އިސް ފަރާތްތައް ދާދިފަހުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއިވެސް ބައްދަލުކުރައްވާފައެވެ.