ސ. ގަން އެއާޕޯޓްގެ ރަންވޭ ދިގު ކުރަން ހިއްކާ ބިމުގެ ތެރެއިން ޝަންގްރިއްލާ ވިލިގިލި ރިސޯޓާ ދިމާކުން ހިއްކަން ނިންމި ސަރަހައްދު ހިއްކައި ނިމިފައިވާ ކަމަށް އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ބުނެފި އެވެ.
އެ ސަރަހައްދުން 150 މީޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. ދެން ހިއްކަން ހަމަޖެހިފައި ވަނީ ރަންވޭގެ ފޭދު އާ ވީ ދިމާލުންނެވެ. އެ ދިމާލުން 900 މީޓަރުގެ ބިން ހިއްކާނެ އެވެ.
މި މަސައްކަތް ކުރަމުން އަންނަނީ ދުބާއީގެ ގަލްޕް ކޮބްލާއިންނެވެ. ބިން ހިއްމުގެ މި މަސައްކަތަށް 11.7 މިލިއަން ޑޮލަރު ހަރަދުވެ އެވެ.
އޭއައިއޭ އިން ބުނީ ބިން ހިއްކާ ނިމުމާ އެކު ދެން ކުރިއަށްދާނެ މަސައްކަތަކީ، ހިއްކި ބިން ހިމާޔަތް ކުރަން ރިވެޓްމަންޓް ޖެހުން ކަމަށެވެ.