Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ބްރެޒިލްގެ ރައީސް ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެ

ކޮރޯނާ ވައިރަސްއަކީ އާދައިގެ ރޯނގާއެއް ކަމަށް ބުނެ މާސްކު އަޅަން ވެސް ދެކޮޅު ހެދި ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ ވައިރަހަށް ޕޮސިޓިވް ވެއްޖެއެވެ.

ހޯމަ ދުވަހު ބޮލްސޮނާރޯ ކޮވިޑަށް ޓެސްޓުކުރީ އާދަޔާ ޚިލާފަށް ހުން ގަދަވެ، ކޮވިޑްގެ އިތުރު އަލާމާތްތައް ފެންނަން ފެށުމުންނެވެ. މިއީ އޭނާ ކޮވިޑަށް ޓެސްޓުކުރި ހަތަރު ވަނަ ފަހަރެވެ.

ބޮލްސަނާރޯ ހަތަރު ވަނަ ޓެސްޓު ޕޮޒިޓިވް ވުމާ ގުޅިގެން މިހާރު ފަރުވާ ދޭން ވަނީ ފަށާފައެވެ. އޭނާ ވަނީ މީގެ ކުރިން ވައިރަސް ޖެހުނަސް ފަރުވާލެއް ނެތް ކަމަށާއި، މިއީ އާދައިގެ ރޯނގާއެއް ކަމަށް ބުނެ ލޮކްޑައުންގެ ފިޔަވަޅުތައް ލުއިކުރަން ގޮވާލާފައެވެ.

އަދި މާސްކު އެޅުމަކީ ވެސް ބޭނުންތެރި ކަމެއް ނޫން ކަމަށް ބުނެ ބޮލްސަނާރޯ ވަނީ މާސްކު ނޭޅުމަށް ގޮވާލާފައެވެ.