Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

މަހަށް ނިކުމެ އުޅުނު ދޯންޏެއް ބިންދައިގެން ހިނގައްޖެ

މަހަށް ނިކުމެ އުޅުނު ފައިބަރު ދޯންޏެއް ބިންދައިގެން ހިނގައްޖެއެވެ.

އެމްއެންޑީއެެފް އިން ބުނީ އެ ދޯނީގައި 13 ފަޅުވެރިން ތިބި ކަމަށެވެ.

"ދިރުން-04" ނަމަކަށް ކިޔާ އެ ދޯނި ބިންދައިގެން ދިޔައީ ތ.ކިނބިދޫގެ ހުޅަނގު ދެކުނުން ހަތަރު ނޯޓިކަލް މޭލު ބޭރުންނެވެ. އެ ދޯންޏަކީ 91 ފޫޓްގެ ދޯންޏެކެވެ.

ހާދިސާގެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައި ވަނީ މިއަދު ހެނދުނު 07:10 ހާއިރުއެވެ.

ބިންދައިގެން ދިޔަ ދޯންޏަކީ ތ.އަތޮޅު ވޭމަންޑޫ ދޯންޏެކެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.