Last Updated: March 28, 13:31
Thursday, March 28, 2024
ޚަބަރު

ރާއްޖެއަކީ ރުބެއްލާ ނެތް ގައުމެއްގެ ގޮތުގައި ނިންމައިފި

ތުއްތު ކުއްޖެއްގެ ގަޔަށް ވެކްސިން ޖެހުމަށް މަސައްކަތް ކުރަނީ: ފޮޓޯ / މިހާރު

ރާއްޖެއަކީ ރުބެއްލާ ނެތް ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވަނީ ރުބެއްލާ ނެތް ގައުމެއްގެ ގޮތުގައި ރާއްޖެ ހެދުމަށް މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް މަރުހަބާ ދަންނަވާ ޝުކުރު އަދާކޮށްފައެވެ.

ރުބެއްލާއަކީ (ނުވަތަ ޖަރމަން މީސްލްސްއަކީ) ގައިންގަޔަށް އަރާ ބައްޔެކެވެ. މިބަލިވެސް ޖެހެނީ ވައިރަހެއްގެ ޒަރީއާއިންނެވެ. މިބަލީގެ އަސަރުތައް އާންމުކޮށް ފެންނަން ފަށަނީ ޖަރާސީމުގެ އަސަރުކުރާތާ ދެ ހަފްތާ ނުވަތަ ތިން ހަފްތާތެރޭގައެވެ. މިއީވެސް ނޭވާލާ ނިޒާމުން ބޭރުވާ ތެއްކަމުގެ ސަބަބުން ފެތުރޭ ބައްޔެކެވެ. ހަށިގަނޑަށް ޖަރާސީމުގެ އަސަރުކުރުމަށް ފަހު، ބަލީގެ އަސަރު ފެނުމުގެ ކުރިންވެސް އެހެންމީހުންނަށް މިވައިރަހުގެ އަސަރުކުރުން އެކަށީގެންވެއެވެ. މިއިންފެކްޝަން ނުރައްކާތެރިކަމަކަށްވަނީ މިއިންފެކްޝަންގެ އަސަރު މައިމީހާގެ ފަރާތުން ބަނޑުގައި އޮންނަ ދަރިފުޅަކުރުމުންނެވެ.

ރުބެއްލާ އިންފެކްޝަނަކީ ވަރަށް ގިނަފަހަރަށް އެއްވެސް އަލާމާތެއް ނުފެންނަ ބައްޔެކެވެ. އެއްފަހަރު މިބަލިޖެހުމުން، ކޮންމެސް ވަރެއްގެ ދިފާއީ ބާރެއް ހަށިގަނޑުން އުފެއްދިކަމުގައިވިޔަސް، އެބާރު މުޅިން ފުރިހަމަ ނުވުމުގެ ސަބަބުން، އަނެއްކާވެސް މިއިންފެކްޝަން ޖެހުމުގެ ފުރުޞަތު އޮވެއެވެ.

ރާއްޖެއަކީ ރުބެއްލާ ނެތް ގައުމެއްގެ ގިތުގައި ޑަބްލިއުއެޗްއޯ އިން ނިންމާފައިވާއިރު ރާއްޖެއިން ހިމަބިހި ނައްތާލެވިފައި ވަނިކޮށް މިއަހަރު ކުރީކޮޅު ރާއްޖެއިން ވަނީ ހިމަބިހި އަލުން ފެނިފައެވެ.