Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އިސްތިއުފާ ނުދިނުމުން އަލީ ވަހީދު ވަކިކޮށް މިނިސްޓްރީ ހިންގުން ފައްޔާޒަށް

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު - ފޮޓޯ: ޓޫރިޒަމް މިނިސްޓަރު

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކިކުރައްވައި، އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާ ހަވާލުކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު، ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު މިއަދު ވަކިކުރައްވާފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރީ ވަގުތީގޮތުން ހިންގުން މިއަދުން ފެށިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާ ހަވާލުކުރައްވާފައިވާ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.

ހޫދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑާ މިނިސްޓްރީ އަށް ހުހަޅާފައިވާ ކަމަށެވެ.

އަލީ ވަހީދާ ގުޅިގެން ހުށަހަޅާފައިވަނީ ކޮން ޝަކުވާއެއް ކަމެއް ހޫދު ހާމައެއް ނުކުރައްވައެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އަލީ ވަހީދަށް ކުރަނީ ޖިންސީ ފުރައްސައިގެ މައްސަލަތަކެކެވެ. އެ މައްސަލަ މިހާރު ފުލުހުންނަށް ވެސް ވަނީ ހުށަހަޅާފައެވެ.