Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި މާދާމާ ހުކުރު ކުރަން ފަށާނެ

އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ބަޔަކު ނަމާދު ކުރަނީ: ފޮޓޯ / މިހާރު

މާދަމާ މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

މާދަމާ މާލޭގެ މިސްކިތްތަކުގައި ހުކުރު ކުރުމަށް ނިންމާފައި މިވަނީ ކޮވިޑް19 ގެ ސަބަބުން ތިންމަސް ދުވަހަށްފަހު މާލެ ސަރަހައްދުގައި ހުކުރު ނުކުރަން ނިންމާފައި ވަނިކޮށެވެ.

ކޮވިޑް19 އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފައި ވަނީ މިމަހު އެއްވަނަ ދުވަހުން ފެށިގެންނެވެ. އެ ލުއިތަކާއެކު ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ދީފައެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، މާދަމާ އިން ފެށިގެން މާލޭ ސަރައްހަދުގެ މިސްކިތްތަކުގައި ހުކުރު ކުރުމުގެ ހުއްދަ މިހާރު ދީފައިވާ ކަމަށެވެ.