Last Updated: June 9, 13:18
Tuesday, June 9, 2026
ވިޔަފާރި

"މޯރަލް ބުކް ފެއާ" އަށް ބޮޑު ތަރުހީބެއް

މޯރަލް ބުކްފެއާގައި ވިއްކަން ހުރި ފޮތްތަކެއް. ފޮޓޯ/ މޯރަލް

އައްޑޫގައި ފުޅާ ދާއިރާއެއްގައި ފޮތުގެ ވިޔަފާރި ކުރާ ސ. ފޭދޫ މޯރަލް ބުކް ޝޮޕުން އިންތިޒާމްކޮށްގެން ބާއްވާ "މޯރަލް ބުކް ފެއާ 2013" އިއްޔެ ފަށާފައިވާ އިރު ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ބުކްޝޮޕުން ބުނެފި އެވެ.

މި ފެއާ އިން 10 ޕަސެންޓާއި 30 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ ކަމަށާއި ކުރާ ކޮންމެ 200 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް މޯރަލް އިން ބުންޏެވެ. އަދި އިރު ގުރުއަތުން ހޮވޭ ފަރާތަކަށް 10،000ރ ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މޯރަލްއިން ބާއްވާ މި ފެއައަކީ އެއް ތަނަކުން ވީހާ ވެސް ގިނަ ބާވަތްތަކުގެ ފޮތް އަގު ހެޔޮކޮށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ކުރިއަށް ގެންދާ ފެއައެކެވެ.

އެގޮތުން ފެއާ ފޭދޫގައި ހަފުތާއަކަށް ބޭއްވުމަށް ފަހު، އިތުރު ހަތް ދުވަހު ހިތަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މޯރަލް އިން ބުންޏެވެ.

އަދި ކޮންމެ އަހަރަކު ބުކް ފެއާ ބާއްވަން ވެސް މޯރަލް އިން މިހާރު ވަނީ ނިންމާފަ އެވެ.