Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ދުވާފަރުން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، މުޅި ރަށް މޮނިޓަރިންނަށް!

ރ. ދުވާފަރުގައި ހޯމް ކަރަންޓީނުގައި ތިބި 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މުޅި ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެރަށަށް ހޯމް ކަރަންޓީނަށް އައި އެއް އާއިލާއެއްގެ ތިން މީހަކު ކަމަށެވެ. އެއީ އަންހެނަކާއި، އޭނާގެ ފިރިމީހާގެ އިތުރުން އެމީހުންގެ ދަރިފުޅު ކަމަށެވެ.

މި މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެމީހުންގެ ކަރަންޓީނުގެ މުއްދަތު ހަމަކޮށް ސާމްޕަލް ނަގައި ޓެސްޓުކޮށް ނަތީޖާ ނެގެޓިވްވެފައިވަނިކޮށް ބަލީގެ އަލާމާތްތަކެއް ފެނިގެން ހެދި އިތުރު ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މި މީހުންނާއި ރަށުގެ ގިނަ ބަޔަލު ދިމާވެފައިވާތީ މުޅި ރަށް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ތަފްސީލް އަންނަނީ….