Last Updated: June 9, 13:15
Tuesday, June 9, 2026
ސިޔާސީ

ސުވަރުގެ ނުދެވޭ ގޮތަކަށް ނޫޅެން: މޫސަ

ފޭދޫގެ ސަޕޯޓަރުންތަކަކާ އެކު މޫސަ. ފޮޓޯ/ ކިއުންތެރިއެއް

ސުވަރުގެ އަށް ނުވަދެވޭހާ ވަރަށް ދޮގު ހަދައި، އެގޮތަށް އުޅެފައި ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އައްޑޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ "އަޅުގަނޑު މީހެއްްގެ އެއްޗެއް ކައިފައި ނޯންނާނެ" ކަމަށާއި "ސުވަރުގެ ނުވަދެވޭހާ ވަރަށް ނުބައިކޮށް އުޅެފައި ނޯންނާނެ" ކަމަށެވެ.

މޫސަ ވިދާޅުވީ ނަމާދުކޮށް ރޯދަ ހިފައި އަނބިމީހާ އާއި ފަހަރި ވެސް ވަކި ކުރަން އޭނާ އަށް އެނގޭ ކަމަށާއި އެ ވަރުން ވާނެ ނޫންތޯ ކަމަށެވެ.

އެހެންވެ އޭނާ އަށް ސުވަރުގެ ވަދެވޭނެކަން ޔަގީންވާ ކަމަށް، އެއް ދުވަސްވަރެއްގައި ރާއްޖޭގެ އެންމެ މަޝްހޫރު ފިލްމީ ތަރި ވިދާޅުވި އެވެ.

އެހެން ނަމަވެސް އަނބިމީހާ އަށް ދޮގުތަކެއް ހެދިފައި ވާނެ ކަމަށް މޫސަ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޝެއިހުންގެ ތާކިހާ އަޅުއްވައިގެން ރާއްޖޭގައި އުޅެނީ ދެތިން ގަމާރުން ކަމަށާއި އެ މީހުންނަކީ ދައްކާ ވާހަކަ އާއި ކުރާ ކަންތައްތައް ވެސް ގޯސް ބައެއް ކަމަށެވެ.

އެގޮތުން ޝެއިހް އިލްޔާސް ހުސައިން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް މޫސަ ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

އިމްރާނަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވީ "އަޅުގަނޑުމެންނަށް ފަހަރި އާއި އަންހެނުން ވަކި ކުރަން" އެނގޭނެ ކަމަށާއި "ފަހަރިގެ އުނގުގައި ބޯ އަޅައިގެން އޮންނަނީ އިމްރާން" ކަމަށެވެ.