"ޖިއޯ ވޭވް އައްޑޫ ސިޓީ ފޫސްބޯލް ޓޯނަމެންޓް 2020" މިއަދު ހަވީރު ފެށުމަށް ހަމަޖެހިއްޖެއެވެ.
ޖުމްލަ 16 ޓީމަކުން 32 ކުޅުންތެރިއަކު ބައިވެރިވާ މި މުބާރާތް ކުރިއަށް ގެންދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 15 ގެ ނިޔަލަށެވެ.
މިއަދު ހަވީރު 6:00 ގައި ފަށާ މި މުބާރާތުގެ މެޗުތައް ކުރިއަށްދާނީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ޒުވާނުންގެ މަރުކަޒުގައެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 5،000 ރުފިޔާ، ރަނަރަޕް ޓީމަށް 2500 ރުފިޔާ އަދި ތިންވަނައަށް ދާ ޓީމަށް 1،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ ހިތަދޫ ޒުވާނުންގެ މަރުކަޒާއި ހިތަދޫގެ މަޝްހޫރު ލަވަކިޔުންތެރިޔާ ހަސަން ޝަހުދާން ގުޅިގެން ބާއްވާ މުބާރާތެކެވެ. ޝަހުދާން ވަނީ މި މުބާރާތަށް ހާއްސަ ލަވައެއް ވެސް ހަދާދީފައެވެ.