އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މި އަހަރު ބާއްވާ އިންތިހާބް އެއްބުރުން ކާމިޔާބްކޮށް، އައްޑޫގައި ސާކް ސަމިޓް ބާއްވަން ހެދި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ތަރައްގީކޮށް އެތަނަކީ އައްޑު އަށް ފައިދާ ހުރި ތަނަކަށް ހައްދަވާނެ ކަމަށް އެމްޑީޕީ އައްޑޫ ރައީސް އަހުމަދު އަދުހަމް ވިދާޅުވެއްޖެ އެވެ.
ހިތަދޫ ބަނދަރުމަތީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ "ބަޢާވަތަކުން ވެރިކަން ވައްޓާލުން އައްޑޫގެ ތަރައްގީގެ މަަސަައްްކަތްތައް އެއްކޮށް ހުއްޓިފައިވާ" ކަމަށެވެ.
އެހެން ނަމަވެސް އައްޑޫން ވެސް ލިބޭ 80 ޕަސެންޓް ތާއީދާ އަކު އަލުން ވެރިކަމަށް ވަޑައިގެން އައްޑޫގައި ހަދަން ފަށާފައިވާ ބަނދަރުތަކާއި މަގުތަކާއި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އަދުހަމް ވިދާޅުވި އެވެ.
އަދި އައްޑުގައި ހުޅުވަން ކުރި މަސައްކަތް ކުރި އިންޓަނެޝަނަލް ސްކޫލް ވެސް ހުޅުވިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ނަޝީދާ ވާދަ ކުރައްވައިގެން ވެރިކަމަށް ވަޑައިގަންނަވަން ދެން މަސައްކަތް ކުރައްވާ ބޭފުޅުންނަކީ އައްޑޫ ސިޓީއަކަށް ހެދުމަށް ވެސް ހުރަސް އެޅި މީހުން ކަމަށެވެ.
އެހެންވެ އެފަދަ ބަޔަކަށް އައްޑޫ ރައްޔިތުންގެ ތާއީދެއް ނުލިބޭނެ ކަަމަށް އަދުހަމް ތަކުރާރުކޮށް ވިދާޅުވި އެވެ.