Last Updated: May 6, 21:15
Wednesday, May 7, 2025
ޚަބަރު

ސީއެސްސީގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި

ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ތެރެއިން: ފޮޓޯ / މަޖިލިސް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލީ އެ ކޮމިޝަނުގެ ހަތަރު މަގާމެއް ހުސްވެފައި ވުމުންނެވެ. އެ މަގާމުތައް ހުސްވީ އެ ކޮމިޝަނުގެ ތިން މެންބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެންނާއި އެ ކޮމިޝަނުގެ މެންބަރަކު މަގާމުން އިއްޔެ ރައްޔިތުން މަޖިލީހުން ވަކިކޮށްފައި ވުމުންނެވެ.

މަގާމުން އިސްތިއުފާ ދެއްވި މެންބަރުންނަކީ ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ ހުސައިންއެވެ. މި ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މިދިޔަ މަހުގެ ފަހުކޮޅު ނިންމާފައި ވާތީއެވެ.

މި ތިން ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އެ ކޮމިޝަންގެ މެންބަރު އިބްރާހީމް ޝަހީގު އިސްތިއުފާ ނުދެއްވުމުން އޭނާ މަގާމުން އިއްޔެ މަޖިލީހުން ވަނީ ނިންމާފައެވެ.