Last Updated: May 6, 21:15
Wednesday, May 7, 2025
ޚަބަރު

އިބްރާހީމް އިސްމާއީލް ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

އިބްރާހީމް އިސްމާއިލް

ސްޕޯޓްސް ކައުންސިލްގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އިބްރާހިމް އިސްމާއީލް ކޮވިޑް19 އަށް ޓެސްޓު ކުރައްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި ރޭ އެމަނިކުފާނުގެ ނަތީޖާ ލިބި ޕޮޒިޓިވްވުމާއި އެކު ހުޅުމާލޭގައި ހުންނަ ކަރަންޓީން ފެސިލިޓީއަށް އެމަނިކުފާނު ވަނީ ގެންގޮސްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން މިމަހުގެ ހަތްވަނަ ދުވަހު، ޔޫތު މިނިސްޓްރީގެ ބޭފުޅުންނާއި އެކު ބޭއްވި ބައްދަލުވުމުގައި އިބްރާހީމް އިސްމާއީލް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިބްރާހީމް އިސްމާއީލް އަކީ ތައުލީމީ ދާއިރާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ތައުލީމީ ދާއިރާގައި އެމަނިކުފާނު އެންމެ ފަހުން އަދާ ކުރައްވާފައިވާ މަގާމަކީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމެވެ.

ތައުލީމީ ދާއިރާ އާއި ދުރަށް ވަޑައިގެންނެވި ނަމަވެސް އިބްރާހީމް އިސްމާއީލް އަންނަނީ ކުޅިވަރުގެ ދާއިރާގައި އަމަލީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.