Last Updated: July 23, 11:47
Thursday, July 23, 2026
ކުޅިވަރު

ޖިއޯ ވޭވް ފޫސްބޯލް މުބާރާތުގެ ޗެމްޕިއަންކަން ޓީމް 99 އަށް

"ޖިއޯ ވޭވް އައްޑޫ ސިޓީ ފޫސްބޯލް ޓޯނަމެންޓް 2020" އިއްޔެ ނިންމާލައިފިއެވެ.

ޖުމްލަ 16 ޓީމަކުން 32 ކުޅުންތެރިއަކު ބައިވެރިވި މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ޒުވާނުންގެ މަރުކަޒުގައެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޓީމް 99 އިންނެވެ. ރަނަރަޕްކަން ޕީކީ ބްލައިންޑާސް އިން ހޯދިއިރު، ތިންވަނަ ހޯދީ ރޯޔަލް އެކްސައިޓާސްއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 5،000 ރުފިޔާ، ރަނަރަޕް ޓީމަށް 2500 ރުފިޔާ އަދި ތިންވަނައަށް ދާ ޓީމަށް 1،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތަކީ ހިތަދޫ ޒުވާނުންގެ މަރުކަޒާއި ހިތަދޫގެ މަޝްހޫރު ލަވަކިޔުންތެރިޔާ ހަސަން ޝަހުދާން ގުޅިގެން ބޭއްވި މުބާރާތެކެވެ. ޝަހުދާން ވަނީ މި މުބާރާތަށް ހާއްސަ ލަވައެއް ވެސް ހަދާދީފައެވެ.

ފޫސްބޯލް އަކީ އައްޑޫ ޒުވާނުންގެ މެދުގައި މަގުބޫލު ކުޅިވަރަކަށް ވާއިރު، ހަލާކުވެފައިވާ ފޫސްބޯލް ބޯޑެއް ބޭނުން ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އެހެންކަމުން ފޫސްބޯލް ކުޅުމަށް އާ ބޯޑެއް ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރާ ކަމަށް ޒުވާނުން ބުނެއެވެ.