Last Updated: May 6, 21:15
Tuesday, May 6, 2025
ޚަބަރު

މުޅި ރާއްޖެއަށް ޔެލޯ އެލާޓު ނެރެފި

ވިއްސާރާގައި ބަޔަކު ސައިކަލު ދުއްވާފައި ދަނީ: ފޮޓޯ / އަވަސް

މޫސުން ގޯސްވެ މުޅި ރާއްޖެއަށް ޔެލޯ އެލާޓު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން އެންމެ ފުރަތަމަ އެލާޓު ނެރުނީ މިއަދު 15:15 ގައެވެ. އެ އެލާޓު ނެރުނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށެވެ. ނަމަވެސް އޭގެ 15 މިނެޓު ފަހުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވަނި ޔެލޯ އެލާޓު ނެރެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސްވާނެ ކަމަށެވެ. އަދި ވައި ގަދަވާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެ އިދާރާއިން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި 50 މޭލައި 55 މޭލާއި ދެމެދުގެ ބާރުނިމުގައި ވައި ޖެހޭނެ ކަމަށެވެ.