Last Updated: June 9, 13:15
Tuesday, June 9, 2026
ޚަބަރު

ސްޓޭޑިއަމާ ދިމާލުން ޗަސް ބިމުގައި ރޯކޮށްލައިފި

އިސީސީ ކުރިމަތިން އޮތް ޗަސް ބިމުގައި ރޯވެ އަނދަނީ. ފޮޓޯ: އައްޑޫލައިވް

ސ. ހިތަދޫ ޒޯން ސްޓޭޑިއަމްގެ އިރަށް އޮތް ޗަސް ބިމުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ހިތަދޫ ފަޔަ ސްޓޭޝަންގެ ފަޔަމަނުން ފަށައިފި އެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 10:25 އެހާކަށްހާ އިރު ފަޔަ އެންޑް ރެސްކިއު ސަވިސް އަށް ލިބުމާ އެކު ހިތަދޫ ފަޔަ ސްޓޭޝަންގައި ތިބި ފަޔަރނުން އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ ޗަސް ބިމުގައި ހުރި ހުއިތަކެއްގައި ކަމަށާއި މި ހާދިސާގައި އެތަނުގައި ރޯވި އަލިފާން 200 މީޓަރަށް ވުރެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ކަމަށް ވެސް ހިތަދޫ ފަޔަ ސްޓޭޝަނުން ބުންޏެވެ.

މިހާ ދިސާއަކީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމުގައި ބެލެވޭ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް ހިތަދޫ ފަޔަ ސްޓޭޝަނުން ބުންޏެވެ.

ތަކުރާރުކޮށް އަލިފާން ރޯވާ ހުޅުމީދޫ ކުޅި ސަރަހައްދުގައި ވެސް އިއްޔެ ވަނީ ރޯވެފަ އެވެ.