Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ދަރަނބޫދޫ ކައުންސިލްގެ ރައީސް މަގާމުން ދުރުކޮށްފި

ދަރަނބޫދޫ ކައުންސިލްގެ ރައީސް: ފޮޓޯ / އަވަސް

ފ. ދަރަނބޫދޫ ކައުންސިލް ރައީސްގެ މަގާމުގައި ހުންނެވި އަލީ މުހައްމަދުގެ އިތުބާރު ނެތް ކަމަށް ވޯޓެއް ނަގައި މަގާމުން ދުރުކޮށްފިއެވެ.

ދަރަނބޫދޫ ކައުންސިލްގެ ރައީސް މަގާމުން ދުރުކޮށްފައި ވަނީ ކައުންސިލްގެ ބާކީ ތިބި ދެ މެމްބަރުންގެ އިއްތިފާގުން ފާސް ކޮށްގެންނެވެ.

އޭނާ މަގާމުން ދުރު ކުރުމަށް ހުށަހަޅަފައިވާ މައްސަލަތަކުގެ ތެރޭގައި ރައްޔިތުންނާއި ގުޅުން ހުންނަ ކަންކަމުގައި ހުރިހާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބަދަލުގައި ވަކި ބަޔަކު ބުނާ ގޮތް ހަދަމުންދާ މައްސަލަ ހިމެނެއެވެ.

މީގެއިތުރުން ކައުންސިލްގައި ތިބި އެހެން މެންބަރުންނާއި އެއްވެސް މަޝްވަރާ ކުރަންޖެހޭ ކަންކަމުގައި ވެސް އެއްވެސް މަޝްވަރާ ކުރުމެއް ނެތުމަކީ ވެސް އޭނާ މަގާމުން ދުރު ކުރުމަށް ހުށަހެޅި މައްސަލައެކެވެ. ހަމައެއާއިއެކު ރައްޔިތުން ބަދުނާމުވާ ގޮތަށް ރަށު ތެރޭގައި ރައްޔިތުންގެ މަސްލަހަތު ގެއްލޭ ގޮތަށް ވާހަކަ ދައްކާފައިވާ މައްސަލަވެސް ހިމެނެއެވެ.