Last Updated: May 6, 21:15
Tuesday, May 6, 2025
ޚަބަރު

މުޅި ރާއްޖެ އަށް އުދަ އަރާނެ ކަމަށް ލަފާކޮށްފި

މަރަދޫއަށް އުދަ އެރުމުގެ ސަބަބުން ރަށުތެރެއަށް ލޮނު އަރާފައި - ފޮޓޯ: އައްޑޫލައިވް

މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު މިއަދު އެބަ އޮތް ކަމަށެވެ. އުދަ އަރާނެ ކަމަށް ލަފާ ކުރެވެނީ މެންދުރުފަހު 14:00 އިން ފެށިގެން 18:00އަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ. ދާދިފަހުން ރާއްޖޭގެ އެ ސަރަހައްދުތަކަށް ވަނީ ވަރަށް ގަދައަށް ވިއްސާރަކޮށްފައެވެ.

މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް ލަފާކޮށްފައިވާއިރު ދާދިފަހުން ވެސް ރާއްޖޭގެ ގިނަ ރަށްތަކަށް ވަނީ އުދަ އަރާފައެވެ. އޭރު މޫސުމާ ބެހޭ އިދާރާއިން ބުނީ އުދަ އެރީ އިންޑިއާ ކަނޑުގައި އުފެދިފައިވާ ބާނިތައް ބޮޑުވެފައިވާތީ ކަމަށެވެ.