Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އިސްލާމިކް މިނިސްޓްރީގެ މުވައްޒަފަކަށް ކޮވިޑް ޖެހިއްޖެ

އިސްލާމިކް މިނިސްޓްރީގެ މުވައްޒަފަކަށް ކޮވިޑް19 ޖެހިއްޖެއެވެ.

އެ މިނިސްޓްރީން ޕޮޒިޓިވްވެފައި ވަނީ އެ މިނިސްޓްރީގެ އިދާރީ މުވައްޒަފެކެވެ. ޕޮޒިޓިވްވެފައި ވަނީ އަންހެން މުވައްޒަފެކެވެ. އޭނާ ޕޮޒިޓިވްވީ އޭނާގެ ފިރިމީހާ ޕޮޒިޓިވްވުމުން އައިސޮލޭޝަންގައި ހުއްޓާއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޕޮޒިޓިވްވި މުވައްޒަފާއި ބައްދަލުވެފައިވާ މުވައްޒަފުން އެކަހެރި ކޮށްފައިވާ ކަމަށް ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީގެ އިތުރުން ރައްޔިތުން މަޖިލީހުންނާއި ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހުންނާއި ކްރިމިނަލް ކޯޓުންވެސް މީގެކުރިން ވަނީ އެ އިދާރާތަކުގެ މުވައްޒަފުން މި ބައްޔަށް ޕޮޒިޓިވްވެފައެވެ.