Last Updated: June 9, 11:45
Tuesday, June 9, 2026
މުނިފޫހިފިލުވުން

ބިޕާޝާ "ހަމްޝަކަލް" އަށް ސޮއިކޮށްފި

ސާޖިދު ހާން ޑައިރެކްޓް ކުރާ ކޮމެޑީ ފިލްމް "ހަމްޝަކަލް" އަށް ބިޕާޝާ ބާސޫ ސޮއިކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމްގައި ބިޕާޝާ ފެނިގެން ދާނީ ރިތޭޝް ދޭޝްމުކް އާ އެކުގަ އެވެ. މި ދެ ތަރިން އިތުރުން "ހަމްޝަކަލް" ގައި ސައިފް އަލީ ހާނާއި އީޝާ ގުޕްތާ ވެސް ހިމެނެ އެވެ.

އަދި ޓީވީ ސިލްސިލާތަކުން ފެންނަ ރާމް ކަޕޫރު ވެސް މި ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެން ދާނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ސައިފާއި ރިތޭޝް އަދި ރާމް "ހަމްޝަކަލް" ގައި ފެނިގެން ދާނީ ޓްރިޕްލް ރޯލްތަކުންނެވެ. މާނައަކީ އެއީ ކޮންމެ އެކްޓަރެެއްްގެ ތިން މީހުން ފިލްމްގައި ހިމެނޭނެ އެވެ.

މިއީ "ރާޒް 3" އަށް ފަހު ބިޕާޝާ އާއި އީޝާ ގުޕްތާ އެކުގައި ފެންނަ ދެވަނަ ފިލްމެވެ.

"ހަމްޝަކަލް" އަކީ ވާޝޫ ބަގްނާނީ އާއި ފޮކްސް ސްޓާ ސްޓޫޑިއީޯ ގުޅިގެން ޕްރޮޑިއުސް ކުރާ ފިލްމެކެވެ. ފިލްމްގެ ޝޫޓިން އަންނަ މަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.