Last Updated: June 9, 11:45
Tuesday, June 9, 2026
ސިޔާސީ

"ގައުމައިގެން ކުރިއަށް" މީދޫން ހަމަލާތަކެއް!

މީދޫގައި ހުރި ރައީސް ވަހީދުގެ ޕޯސްޓަރަކަށް ކުލަ ޖަހާފައި. ފޮޓޯ/ ވީއޯއެމް

ސ. މީދޫގައި ހުރި "ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ކެމްޕޭން ބައެއް މެޓީރިއަލްތަކަށް ގެއްލުން ދީފި އެވެ.

އެގޮތުން މީދޫގެ ބައެއް ސަރަހައްދުތަކުގައި ދަމާފައިވާ ދިދަފަތިތަކަށާ ޕޯސްޓަރުތައް ހަލާކުކޮށް ގެއްލުން ދީފައިވެ އެވެ.

"ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ރިޔާސީ ކެނޑިްޑޭޓްރޭ ރައީސް ޑރ. މުހައްމަދު ވަހީދުގެ ބޮޑު ޕޯސްޓަރަކަށް ބަޔަކު މިދިޔަ ހޮނިހިރު ދުވަހުގެރޭ ކުލަ ޖެހުމަށް ފަހު ގެއްލުން ދީފައިވާ އިރު މީގެ ކުރިން މީދޫ ނޫކޮކާގޭ ގޯތިތެރޭގައި ހަރުކޮށްފައިވާ ކޯލިޝަންގެ ކެމްޕެއިންގެ ބޮޑު ޕޯސްޓަރުވެ ސް ބަޔަކު ވަނީ ކަފާލުމަށް ފަހު ހަލާކުކޮށްފަ އެވެ.

މީގެ އިތުރަށް މީދޫ މީނާޒްގޭގައި ހުންނަ ގައުމީ އިއްތިހާދު ޕާޓީގެ އޮފީހަށް ވެސް ބަޔަކު ވަނީ ކުލަ ޖަހައި ގެއްލުންތަކެއް ދީފަ އެވެ.

މީދު އާއި ހުޅުދޫގައި ޕާޓީތަކުގެ ގިނަ އަދަދެއްގެ ޖަގަހަތައް ހުޅުވައިގެން ރަށުގެ އެކިއެކި ސަރަހައްދުތަކުގައި ކެމްޕެއިން ޕޯސްޓަރުތަކާއި، ދިދަފަތިތައް ދަމައި ފޯރީގައި ކެމްޕެއިން ހަރަކާތައް އިތުރުކޮށްފައިވާ އިރު، "ޖުމްހޫރީ ގުޅުމުގެ" ބައެެއް ތަކެއްޗަށް ވެސް މީގެ ކުރިން ގެއްލުން ދީފައިވެ އެވެ.