Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

މޫސުން ގޯސްވެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފި

ރާއްޖޭގެ މޫސުން ގޯސްވެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފައެވެ. އެލާޓު ނެރެފައި ވަނީ މިއަދު މެންދުރުފަހު 15:30 އިން ފެށިގެން ރޭގަނޑު 20:30 އަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.