Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ކޮވިޑް ޖެހިގެން 89 އަހަރުގެ މީހަކު މަރުވެއްޖެ

ކޮވިޑް-19 ގައި މިރޭ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނީ 89 އަހަރުގެ ދިވެހި ފިރިހެނަކު ކޮވިޑް-19 ޖެހިގެން ނިޔާވެފައިވާ ކަމަށެވެ. މިއީ ފާއިތުވި 24 ގަޑި އިރު ތެރޭގައި މި ބަލީގައި މަރުވި ދެވަނަ ދިވެހި މީހާއެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖެއިން 18 މީހަކު ވަނީ މަރުވެފައެވެ.