Last Updated: May 5, 21:07
Tuesday, May 6, 2025
ޚަބަރު

މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށް ގޮވާލައިފި

މަޖިލިސް ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ / މަޖިލިސް

ރައްޔިތުން މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ގޮވާލައްވައިފިއެވެ.

އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ނުކުރެވި މުޅި ރާއްޖޭގައި ފެތުރެމުންދާއިރު މިދުވަސްވަރު މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށް ގޮވާލާ ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް މީގެކުރިން އޮންލައިންކޮށް ބާއްވާފައި ވަނީ ރާއްޖެއިން ފުރަތަމަ ކޮވިޑް-19 ބަލި ފެނުނު ދުވަސްވަރުއެވެ. ބައެއް ފަރާތްތަކުން ރައްޔިތުން މަޖިލިސް އެއްވުން އެއީ ރަނގަޅު ކަމެއް ކަމަށް ނުފެންނަ ކަމަށް ގޮވާލަމުން ދިޔައިރުވެސް މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ތަޅުމުގައި ކުރިޔަށް ގެންދިޔައެވެ.

އެހެންނަމަވެސް ސިޔާސީ ޕާޓީތަކާއި އެކުގައި މަޝްވަރާ ކުރުމަށްފަހު މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވިއެވެ. މަޖިލިސް ޖަލްސާތަކުގެ އިތުރުން މަޖިލީހުގެ ކޮމެޓީތައް ވެސް ކުރިޔަށް ގެންދިޔައީ އޮންލައިންކޮށެވެ. ނަމަވެސް ފަހުން ހެލްތު ޕްރޮޓެކްޝަންގެ ހުއްދަ އާއި އެކުގައި އެ އެޖެންސީގެ ގައިޑްލައިންތަކާއި އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ބޭއްވިއެވެ.