މާލޭގެ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގެ ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގަނިކޮށް ދަރުމަވަންތަ ސްކޫލްގެ ލީޑިން ޓީޗަރު ސ. މަރަދޫ އިރުދޭމާގޭ، މުހައްމަދު ޒުހައިރު (ޒެޑޭ) އާއި 21 އަހަރުގެ އަންހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ ހުކުރު ދުވަހުގެރޭގެ ވަގުތެއްގައި ސިރިޔާ ގެސްޓް ހައުސްގެ ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ ޒެޑޭއަކީ ކިޔަވައި ދިނުމުގެ އިތުރުން ޓީވީއެމްގެ ޕްރޮގްރާމްތައް ހުށަަޅައިދޭ މަޝްހޫރު ބޭފުޅެކެވެ.
ޓީވީއެމުން ދައްކާ މުސްތޮފާ ހުސައިން ހުށަހަޅުއްވާ "ވިސްނުން" ޕްރޮގްރާމަށް ވެސް ރޭ ޒެޑޭ އަރާފައިވެ އެވެ.
އަދި މި މައްސަލާގައި ބަންދު ކުރެވުނު އަންހެން އަންހެން ކުއްޖާއަކީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ރެކޯޑް އޮންނަ އަންހެން ކުއްޖެެއް ކަމަށް ވެސް އެނގިފައިވެ އެވެ.
ދަރުމަވަންތަ ސްކޫލުގެ އޮފިޝަލަކު ވިދާޅުވީ މީގެ 11 އަހަރު ކުރިއްސުރެ އެ ސްކޫލުގައި ކިޔަވައިދެމުން އަންނަ ޓީޗަރު ހައްޔަރު ކުރި ކަމުގެ މައުލޫމާތު ލިބުނީ ބެލެނިވެރިންނާއި އާއްމު ފަރާތްތަކުން އެކަން ސްކޫލަށް އެންގުމުން ކަމަށެވެ.
އަދި އެކަން މިހާރު އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.