Last Updated: May 8, 18:18
Wednesday, May 8, 2024
މުނިފޫހިފިލުވުން

އެ ގުޅުން ވަކި ނުވެވޭނެ

(އޮގަސްޓް 19، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)

އުނައިސް ހީނާ ހަމައަކަށް އަޅުވަން ތަފާތު މިންނެތް މަސައްކަތް ކުރި އެވެ. އެހެނަސް ހީނާގެ ހިތް އުނައިސްގެ އާއިލާގެ އެއްވެސް މީހަކާ މެދު ހަމައެއްނުޖެހެ އެވެ.

ޖެހިގެން އައި ދުވަހެވެ. އުނައިސް ގެއަށް ވަނުމައެކު ހީނާ ފެށި އެވެ.

"ކޮންމެ ދުވަހަކު ތިހާލަހުން ގެޔަށް އަންނަ އިރު ނެނގޭތަ އެކަނި ކަމެއް މަ މި ގޭގަ މި އިންނަނީ. އެހެން ނޫނަސް މިހާރު އަހަރެން މިއިން ހާލުން ކޮންމެވެސް މީހެއްގެ އެހީ އަހަރެން ބޭނުން ވާނެ ކަމެއް ނޭނގޭތަ؟ ތިހާ ލަހުން ތި އައީ ކޮންތާކުންތަ؟"

"އަހަރެން އޮފީސް ނިންމާފަ ހަވީރު މަންމަމެންގެ އަށް ދިޔައީ. ދެން ލޯޔަރާ ބައްޕަ އާ އަހަރެން ބައްދަލުވުމަކަށް މި އައީ ނަސަންދުރާގަ ތިބެފަ." އުނައިސް ވަރަށް އޯގާތެރިކަމާ އެކު ބުންޏެވެ.

"ދެން މަށޯ…ކައިގެން އަންނަން ބޭނުމިއްޔާ މަ ކައިރީގަ ވެސް ބުނިނަމަ މަ ވެސް ކޮންމެވެސް ތަނަކުން ކެއީމުސްއެއްނު."

"ދެން ތިހާ ރުޅިގަދަނުވެބަލަ. އެއީ އެވަރު ކަމެއް ނޫނޭ. އެހެން ނޫނަސް ބަލިވެ އިންނަ ދުވަސްވަރު މާ ރުޅިގަދަވީމާ ލިބޭ ކުއްޖާ އަށް ވެސް އަސަރު ކުރާނޭ މަންމަމެން ބުނާތި މަ އަޑު އަހަން." ސަމާސާ ރާގެއްގައި އުނައިސް ބުންޏެވެ.

"އައްދެ މިހާރު ގޮސް މި ވާހަކަ ވެސް ގޮވީދޯ؟ އިރުކަޅަކުން ފެންނާނެ ތި އެންމެން މާމަ ދަރިދެކެ މާ ލޯތްބެއް ވެސް ވާތަން،" ހީނާގެ ރުޅި މަޑެއް ނުވެ އެވެ. "ދެން މީގެ ފަހުން އެ ގެއަށް ދަންޏާ މަގޭ ހުއްދަ ހޯދަން ޖެހޭނެ."

"މިހާރު ދެން ތި ދަނީ މާ މައްޗަށް އިނގޭ. މި އަންހެންވެރިންގެ ގޮތޭ ލޯބިވާކަން އެނގޭ އިރަށް ވަރަށް ގޮތް ދައްކާނެ. އަހަރެންގެ އަމިއްލަ ގެއަށް ދާން އެއްވެސް މީހެއްގެ ހުއްދަ ހޯދާކަށް ނުޖެހޭނެ." އުނައިސް ވެސް ވަރަށް ހިތްހަމަނުޖެހިފައި އެންމެ ފަހުން ބުންޏެވެ.

"އާނ…އެހެންތަ މިހާރު މަ ގޮތް ދައްކަނީ…ބަލަ ކުރީގަ ކޮބާހޭ ތިޔަ އަމިއްލަ ގެ. ތި އާއިލާ…ގުޅުން ހުރި އެންމެންތައް. މިހާރު ކޮންމެ މީހެއްގެ އަނގަ ފުރާ ކަލޭގެ ވާހަކަ ދައްކަނީ އުނައިސްގެ ފަރާތުން ނާޖާއިޒް ކަންތަކަށް…ޙާއްސަ ކޮށް މަށާ ދުރު ކުރަން."

"ހީނާ މަށާ ތި ވައްތަރަށް ވާހަކަ ނުދައްކާ. ކޮންމެހެން ކަލޭ ކަލޭ ކިޔާނެ ކަމެއް ނެތް. އިހްތިރާމު ކުރަން ވެސް ނޭނގުނީ ދޯ؟ އަންހެނެއްގެ އަސްލު އެނގޭނީ ގަދައަށް ރުޅި އިސްވެފަ ހުންނަ ވަގުތު."

"އާނ…މިހާރު ކަލެއަށް މަގޭ ހުރިހާ އުނި ސިފައެއް ފެންނާނެ."

"ހީނާ ޕްލީޒް މި ވަގުތު އަހަރެންގެ ބޮލަށް އުނދަގޫ ވާކަހަލަ ވާހަކަ ދައްކާ އަޑުގަދަ ނުކޮށްބަލަ. އެ މީހުންނަށް ވެސް އަހަރެމެން ވިސްނަން ޖެހޭނެޔޭ. އެއީ އަހަރެންގެ ބައްޕަޔޭ. ކިހާ ބޮޑެތި ކަންތައްތަކެެއް ގެއަށް އެ ދިމާވީ. އެ މީހުންގެ ދޮށީ ދަރިއަށް އަހަރެން ވާ އިރު ކިހިނެއް ދެ އަތް އުރާލައިގެން ބަލަން އަހަރެންނަށް ކެތްވާނީ. އެ ވެސް މަގޭ ފަރުޟެއް. އެ ގުޅުން ކިހިނެއް ކަނޑާނީ؟"

"އެހެންވެއްޖިއްޔާ މި ގުޅުން ކަނޑާލާ. ބަލަ އެ މީހުންނެއް ވެސް ކަލެ އާ މެދުގަ ވާ ގުޅުމެއް އެ ދުވަހުގަ ނުދުއްޓެއްނު. އެހެން ނޫނަަސްް އެ މީހުން ކަލޭ އެއްލާލި ދުވަހު ހަމައެކަނި ކަލޭގެ އަތުގަ ހިފީ އަހަރެން. ގޭގެ އަސްކަނި ދޮށުން އެކަނި މާއެކަނި އުޅެ ކަލެއަށް ހުރިހާ މަގެއް ހުޅުވަ ދިނީ އަހަރެން. އަހަރެންގެ ގަހަނާތައް ބޭންކުގަ ބަހައްޓާފަ ލާރި ނެގީ އަދި ކަލެއަށް ހުރިހާ ކަމެއްކޮށް ދިނީ މަށޭ އެ މީހުންނެ އްނޫން."

"މިހާރު ކަލަ ވެސް ގޮވަނީ ތަ؟" އުނައިސް ވަރަށް ހިތުގައި ޖެހުނެވެ.

(ނުނިމޭ)