Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ގާސިމް ކުރެއްވީ ގައުމީ މަސައްކަތެއް، ރަން އަކުރުން ފާހަގަކުރެވޭނެ

ގާސިމް އިބްރާހިމް - ފޮޓޯ: މަޖިލިސް

އާ ގާނޫނު އަސާސީ އެކުލަވާލުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރެއްވި މަސައްކަތް ރަން އަކުރުން ފާހަގަކުރެވޭނެ ކަމަށް އެ ޕާޓީގެ ކައުންސިލުން ބުނެފިއެވެ.

އާ ގާނޫނު އަސާސީ ތަސްދީގު ކުރެވުނުތާ މިއަދަށް 12 އަހަރު ފުރިފައިވާއިރު، ގާނޫނު އަސާސީ ވުޖޫދު ކުރުމަށް 2004 ވަނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު ރައީސް މައުމޫން އެއްކުރެއްވި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ގާސިމް އެވެ.

އާ ޤާނޫނު އަސާސީއަށް މިއަދު 12 އަހަރު ފުރުމާއި ގުޅިގެން ޖޭޕީގެ ނެރުނު ބަޔާނެއްގައި ބުނީ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ގާސިމް މި މުހިއްމު ގައުމީ މަސައްކަތުގައި ވެވަޑައިގެންނެވި ގުރުބާނީއާއި އަދާކުރެއްވި މުހިންމު ދައުރު އެއީ މި ޤާނޫނުއަސާސީ ވުޖޫދުކުރުމަށް ކުރެވުނު މަސައްކަތުގައި ރަންއަކުރުން ފާހަގަކުރެވޭނެ ކަމެއް ކަމަށެވެ.

އަދި އެއީ ގާސިމަށް އެކަމުގެ ޝަރަފާއި ޝުކުރު ޙައްޤު އިޚްލާސްތެރި މަސައްކަތެއް ކަމަށްވެސް ޖޭޕީގެ ކައުންސިލުން ބުނެފައިވެއެވެ.

ގާނޫނު އަސާސީ އަށް 12 އަހަރު ފުރިފައިވާއިރު މިއަދަކީ ޖޭޕީ އަށް ވެސް 12 އަހަރު ފުރުނު ދުވަހެވެ. ޖޭޕީ ޕާޓީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ 3 އޮގަސްޓު 2008 ގައެވެ. ޖޭޕީގެ ކައުންސިލުން ބުނީ އެ ޕާޓީ ރަޖިސްޓަރީ ކުރެވުނީ ގާސިމްގެ ސިޔާސީ އިސްލާހީ މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

ޖޭޕީ އަކީ ރާއްޖޭގައި ހަތަރުވަނަ އަށް ރަޖިސްޓްރީ ކުރެވުނު ޕާޓީ އެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ރަޖިސްޓްރީ ކުރެވުނު ޕާޓީ އަކީ އެމްޑީޕީ އެވެ.