ހޮލީވުޑްގެ އެންމެ ވަރުގަދަ ޑައިރެކްޓަރުންގެ ތެރޭގަިއ ހިމެނޭ ސްޓީވަން ސްޕީލްބާގްގެ އާ ފިލްމް "ދަ ހަންޑްރެޑް ފުޓް ޖާނީ" ގެ މުހިއްމު ރޯލަކަށް ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އޯމް ޕޫރީ ސޮއިކޮށްފި އެވެ.
މީގެ ކުރިން ވެސް ހޮލީވުޑްގެ ބައެެއް ފިލްމްތަކުގައި މަސައްކަތްކޮށްފައިވާ އޯމް އަލަށް ސޮއި ކުރި ފިލްމަކީ ސްޕީލްބާގް އާއި އޯޕްރާ ވިންފްރޭ ގުޅިގެން ޕްރޮޑިއުސް ކުރާ ފިލްމެވެ.
"ދަ ހަންޑްރެޑް ފުޓް ޖާނީ" ގެ ޝޫޓިން މި މަސް ނިމުމުގެ ކުރިން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ފިލްމަކީ މަޝްހޫރު ލިއުންތެރިޔާ ރިޗަޑް ސީ މޮރައިސް "ދަ ހަންޑްރެޑް ފުޓް ޖާނީ" ގެ ނަމުގައި ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ތައްޔާރު ކުރާ ފިލްމެކެވެ.
ސްޕީލްބާގްއަކީ "ޖުރަސިކް ޕާކް" އާއި "ލިންކަން" ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަަށް ގެނެސް ދީފައިވާ ޑައިރެކްޓަރެކެވެ.
އޯމްގެ އިތުރުން މީގެ ކުރިން ވެސް ބޮލީވުޑްގެ ބައެއް ތަރިން ހޮލީވުޑްގެ ފިލްމްތަކުގައި މަސައްކަތްކޮށްފައިވެ އެވެ.
އޭގެ ތެރޭގައި އިރްފާން ހާން، ނަސީރުއްދީން ޝާހް، އަމީތާބް ބައްޗަން، އަނޫޕަމް ކޭރު، އަނިލް ކަޕޫރު އަދި އައިޝްވާރިއާ ރާއީ ފަދަ ތަރިން ހިމެނެ އެވެ.