Last Updated: April 19, 22:45
Saturday, April 20, 2024
ކުޅިވަރު

ޔުވެންޓަސްގެ ކޯޗަކަށް ޕިރްލޯ ހަމަޖައްސައިފި

ޔުވެންޓަސްގެ ކޯޗަކަށް އަންދްރޭ ޕިރްލޯ ހަމަޖައްސައިފިއެވެ.

ޔުވެންޓަސްގެ ކޯޗު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި މައުރީޒިއޯ ސާރީ އިއްޔެ އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ސާރީ މަގާމުން ވަކިކުރީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޔުވެންޓަސް ކެޓުމާ ގުޅިގެންނެވެ. ޔުވެންޓަސްގައި ހޭދަކުރި އެއް އަހަރު ދުވަހުގެ މުއްދަތުގައި ސާރީ ވަނީ އެޓީމަށް އިޓާލިއަން ލީގު ކާމިޔާބުކޮށްދީފައެވެ.

އުމުރުން 41 އަހަރުގެ ޕިރްލޯ ޔުވެންޓަސްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޕިރްލޯ ޔުވެންޓަސްގެ ކޯޗަކަށް ހަމަޖައްސާފައިވައި މިވަނީ އެ ކްލަބުގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް ހަމަޖެއްސިކަން އިއުލާންކުރިތާ 10 ދުވަސް ފަހުންނެވެ.

2011 އިން 2015 ވަނަ އަހަރާއި ހަމައަށް ޔުވެންޓަސް އަށް ކުޅެފައިވާ ޕިރްލޯ ވަނީ އެ ޓީމަށް 164 މެޗު ކުޅެދީ އިޓާލިއަން ލީގު ހަތަރު ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.