ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމަށް ބުނެ ރޭ ހައްޔަރު ކުރި އެމްޑީޕީ ހިތަދޫ އުތުރު ދާއިރާގެ ޒުވާނުންގެ ރައީސް މުސްތަންސިރު މުސްޠަފާ (ސިރު) ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސިރު ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު މެންދުރު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ބަންދުގައި ބަހައްޓަން ނުފެންނަކަމަށް ކޯޓުން ހުކުމް ކުރުމާއި ގުޅިގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވީ ދެ ފަރާތެއްގެ ދެމެދުގައި ހަމަ ނުޖެހުން ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވަމުން ދަނިކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅި 32 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔަކަމަށެވެ.
ސިރު ހައްޔަރު ކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން ވަނީ ހިތަދޫ ޕޮލިސް ސްޓޭޝަން ދޮށައް އެއްވެ އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ.