Last Updated: April 18, 21:56
Thursday, April 18, 2024
ޚަބަރު

ސ. ހިތަދޫން އަންހެނަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

* ފާއިތުވި 24 ގަޑި އިރު ތެރޭ އައްޑޫން 3 މީހަކު ވަނީ ޕޮޒިޓިވްވެފައި
* ހިތަދޫ ވަނީ ލޮކްޑައުންކޮށްފައި،
* އައްޑޫން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ބިދޭސީ އަކާއި ދެ ދިވެހިން

އައްޑޫސިޓީ ހިތަދޫ- ފޮޓޯ: އައްޑޫލައިވް

ސ. ހިތަދޫން އަންަހެނަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ.

ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހިތަދޫން ޕޮޒިޓިވްވެފައިވަނީ 58 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާއަކީ ހޯމް ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ޓެސްޓު ކުރި މީހެެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހިތަދޫން އަންހެނަކު ޕޮޒިޓިވްވި އިރު މިއަދު ހެނދުނު ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ. އަދި ރޭ ވަނީ ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި ފުލުހަކުވެސް ކޮވިޑު-19 އަށް ޕޮޒިޓިވްވެފައެވެ.

މިހާތަނަށް އައްޑޫން ޖުމްލަ 3 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު އެޗްޕީއޭއިން ވަނީ ހިތަދޫ ލޮކްޑައުންކޮށްފައެވެ.