Last Updated: June 6, 22:05
Saturday, June 6, 2026
ޚަބަރު

މަހިބަދޫ މީހާގެ ދެވަނަ ސާމްޕަލް ނެގެޓިވް

އދ. މަހިބަދޫން ފަރުވާއަށް މާލެ ގެންދިޔަ މީހާގެ ދެވަނަ ސާމްޕަލް ނެގެޓިވްވެއްޖެއެވެ.

މަހިބަދޫ ކައުންސިލުން ބުނީ އެރަށުން އިތުރު ފަރުވާއަށް މާލެ ގެންދިޔަ މީހާގެ ދެވަނަ ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ.

މަހިބަދޫ ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާ ދެމުން ދިޔަ 80 އަހަރުގެ މީހާ މާލެ ގެންގޮސް އޭޑީކޭއިން ހެދި ޓެސްޓު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި އެމީހާއަށް ފަރުވާ ދިން ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން އެކަހެރިކޮށް ކޮންޓެކްޓު ޓްރޭސިން ވަނީ ހަދާފައެވެ.

ކައުންސިލުން ބުނީ އެމީހާގެ ދެވަނަ ސާމްޕަލް ނެގެޓިވްވުމާއި ގުޅިގެން ރަށް މޮނިޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ.