Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ކޮވިޑު ޖެހުނު މީހުންގެ އަދަދު 5000 އިން މައްޗަށް! ބިރުވެރި!

ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 5000އަށް ވުރެ މައްޗަށް އަރައިފިއެވެ.

މި އަހަރުގެ މާރިޗު 27 ވަނަ ދުވަހު މާލެއިން ކޮވިޑަށް މީހަކު ޕޮޒިޓިވްވީ ފަހުން ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ކޮވިޑު-19ގެ ފުރަތަމަ ކޭސް އާއި އެކު މާލެ ސަރަހައްދު ލޮކްޑައުން ކޮށް ބަލޮ ފެތުރޭ މިންވަރު ވަރަށް ބޮޑުތަން ދަށްކުރިއެވެ.

ނަމަވެސް ރާއްޖޭގެ އިގްތިސާދު ހުއްޓުވާފައި ނުބޭއްވޭނެކަމަށް ބުނެ ސަރުކާރުން ވަނީ މާލެ ސަރަހައްދުގެ ލޮކްޑައުން އުވާލައި، ނިއު ނޯމަލް އުސޫލާއި އެކު ރާއްޖެ ހުޅުވާލާފައެވެ.

ސަރުކާރު އޮފީސް ތަކާއި ޕާކުތަކާއި، ކެފޭ ރެސްޓޯރެންޓުގެ އިތުރުން ސްކޫލްތައް ހުޅުވާލުމާއި އެކު ބަލި ފެތުރޭ ސްޕީޑުވަނީ އިންތިހާއަށް އިތުރުވެފައެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިހާތަނަށް ރާއްޖެއިން 5041 މީހަކަށް ވަނީ ބަލިޖެހިފައެވެ. އަދި ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ 150 އާއި 250 އާއި ދެމެދުގައެވެ. މިހާތަނަށް 19 މީހަކު ބަލީގައި މަރުވެފައިވާ އިރު މިހާރުވެސް 7 މީހަކަށް ވެންޓިލޭޓަރުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްތަކަށްވެސް ކޮވިޑު-19 ޕޮޒިޓިވްވާ މީހުން އަންނަނީ އިތުރުވަމުންނެވެ. އޭގެ ސަބަބުން ބަލީގެ ނުރައްކާ މިވަނީ ރާއްޖެއަށް ބޮޑުވެފައެވެ.

ސިއްހީ މާހިރުން އަންނަނީ ބަލި ފެތުރޭ ސްޕީޑާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް ފަރުދީ ޒިއްމށ އަދާކުރުމަށް އެފަރާތްތަކުން އަންނަނީ ރައްޔިތުންނަށް އިރުޝާދު ދެމުންނެވެ.