Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

ކައުންސިލަށް ސައުންޑް ސިސްޓަމެއް ގަންނަނީ

އެމްޑީޕީ އައްްޑޫ ކެމްޕޭނުގައި ބޭނުން ކުރާ ވެހިކަލެއް: ކައުންސިލަށް ސައުންޑް ސިސްޓަމެއް ބޭނުންވޭ. ފޮޓޯ/ އައްޑޫ ލައިވް

އެމްޑީޕީގެ ކައުންސިލަރުން ތިއްބަވާ އައްޑޫ ސިޓީ ކައުންސިލަށް ސައުންޑް ސިސްޓަމަކާއި އެއާ ގުޅުން ހުރި ބައެއް ތަކެތި ގަންނަން އިއުލާންކޮށްފި އެވެ.

ކައުންސިލުން ނެރެފައިވާ އިއުލާނެއްގައިވާ ގޮތުން އެއް ސައުންޑް ސިސްޓަމާއި ވަޔަލަސް އަށް މައިކްރޮފޯނާއި 20 ހޭންޑްހެލްޑް މައިކްރޮފޯން ގަންނަން ބޭނުންވި އެވެ.

އެހެންވެ މި ތަކެތި ކައުންސިލަށް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 2 ގައި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ. މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުން މި މަހުގެ 27 ގައި އޮންނާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ކައުންސިލަށް މި ތަކެތި ވިއްކާނެ ފަރާތެއް ހޯދަން މި މަހުގެ 6 ވަނަ ކުރި އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ހޯދާފައި ނުވާ ކަމަށެވެ.